ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި، އިނގިރޭސި ރާނީ އެލިިޒަބެތް ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި އަދި ނުފޫޒް ގަދަ ލީޑަރުންނާއި ވެސް ބައްދަލުކޮށްފައެވެ. މީގެ އިތުރުން އެތަކެއް ބޮޑެތި ހަފްލާތަކަށާއި ރަސްމިއްޔާތު ތަކުގައިވެސް ބައިވެރިވެފައެވެ.

އެހެން ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނާ ގޮތުން ނަމަ، ރާނީ އެލިޒަބެތް ޓްރަމްޕާއި އެކު މަޖާ ކުރި ވަރަށް ފާއިތުވި 25 އަހަރު މަޖަލެއް ނުކުރެއެވެ.

އުމުރުން 93 އަހަރުގެ ޑޮނަލްޑް ޓްރަމްޕް އަދި އޭނާގެ އަންހެނުން، ރާނީ އެލިޒަބެތް އަރިހަށް މިދިޔަ ހަފްތާ ކުރި ރަސްމީ ދަތުރުފުޅުގައި، ޑޮނަލަޑް ޓްރަމްޕް ވަނީ ރާނީ އެލިޒަބެތް އާއި ބައްދަލުކުރައްވައި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ޓްރަމްޕް ވިދާޅުވީ، އެބޭފުޅާއާއި ރާނިއާއި ދެމެދު އޮތީ ވަރަށް އެކުވެރި ގުޅުމެއް ކަމަށާއި، ދެމީހުން މަޖާކޮށް ވަރަށް ސަކަރާތް ޖެހި ކަމަށެވެ. އަދި ރާނީ އެލިޒަބެތްގެ އަރިސް ބައެއް މީހުން، ރާނީ ފާއިތުވި 25 އަހަރު ތެރޭގައި އެހާ މަޖާނުކުރާ ކަމަށް ވިދާޅުވި ކަމަށެވެ.

"އަހަރެންނާއި ރާނީ އެލިޒަބެތް އާއި މެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް. އަހަރެމެން ދެމީހުން އެއްކޮށް ވަރަށް މަޖާކޮށް ސަކަރާތްޖެހިން. އަހަރެން ކައިރި ރާނީގެ އަރިސް ބައެއް މީހުން ބުނި، ރާނީ ފާއިތުވި 25 އަހަރު އެހާ ވަރަށް މަޖާ ނުކުރާ ވާހަކަވެސް. ގަނޑުވަރުގައި ތިބި ބައެއް މީހުން، އަހަރެން މާ މަޖާކޮށް، ސަކަރާތް ޖަހާފައި އުޅުމުން ފާޑުވެސް ކީ." ޑޮނަލަޑް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ބައެއް ނޫސްތަކަށް ދިން އިންޓަވިއުގައި، ރާނީ އެލިޒަބެތް އަކީ އާދަޔާއި ހިލާފް އަންހެނެއް ގޮތުގައި ސިފަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *