ޖުޑީޝަލް ސާވިސަސް ކޮމިޝަން އާއި ޖުޑީޝަރީއާ ޖެހިގެން އުޅޭ މައްސަލައަށް ހިޔާލު ފާޅުކޮށް ފެނަކަ ކުންފުނީގެ ރަސްމީ ޓްވިޓާ އެކައުންޓުން ޓްވީޓް ކުރެވުނީ، މުވައްޒަފަށް އޮޅިގެން ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން އިއްޔަ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މުވައްޒަފަށް ޓްވީޓް ކުރެވުނީ، އޭނާގެ އަމިއްލަ އެކައުންޓުން ޓްވީޓް ކުރަން އުޅެނިކޮށް ކަމަށެވެ. 

އަދި ރަސްމީ ޓްވިޓާ އެކައުންޓުން އެ ކުންފުނީގެ މަސައްކަތުގެ ދާއިރާއާ ނުގުޅޭ، އަދި އެއްވެސް ގޮތަކުން އެކަށީގެން ނުވާ ޓްވީޓެއް ކޮށްފައިވާ މައްސަލަ އެ ކުންފުނިން ބަލާފައިވާ ކަމަށާއި އެކަން ކުރި މުވައްޒަފާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން އެފަދަ ކަންކަމަކީ ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ހާލެއްގައި ބަލައިގަންނަ، އަދި ތަރުހީބުދޭ ކަމެއް ނޫން ކަމަށާއި، އެކަމަށް އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *