ދުނިޔޭގައި ހުރި އެންމެ މުއްސަނދި، މިއުޒިޝަން ރިހާނާ ލަންޑަންއަށް ކުއްލި ގޮތަކަށް ދިރިއުޅުން ބަދަލު ކުރި ކުރުމަށްފަހު، މެގަން މާކަލް އާއި ދެމީހުންގެ ދެމެދު ސިއްރު އެކުވެރިކަމުގެ ގުޅުމެއް ބިނާކޮށްފިއެވެ.
ބޭރުގެ ބައެއް ހަބަރުތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 31 އަހަރުގެ ރިހާނާ އާއި އުމުުރުން 37 އަހަރުގެ މެގަން އާއި ދެމެދު އެކުވެރި ކަމުގެ ގުޅުމެއް ބިނާ ކުރެވޭނެ ވަރުގެ އެއްގޮތް ކަންތައްތަކެއް ހުރިކަމަށެވެ.
އެދެމީހުންގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން، މީހުންނަށް ނާންގާ ސިއްރުކުރަން ދެމީހުންވެސް ބޭނުންވެއެވެ.
މެގަން އަދި ރިހާނާ ވަނީ، މެގަން މީހުންގެ ތެރޭގައި މަޝްހޫރު ވުމުގެ ކުރިންވެސް ދިމާވެފައެވެ.
ކުރިން ހޮލޫވުޑުން ފެނިގެންދިޔަ ތަރި މެގަން މާކަލް ބޮޑަށް މީހުންނަށް އެނގެން ފެށީ، 2018 ވަނަ އަހަރު އޭނާ ޕްރިންސް ހެރީ އާއި ކައިވެެނި ކޮށްގެން އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރި ހިސާބުންނެވެ.
ރިހާނާ އާއި މެގަންގެ ފިރިމީހާ ޕްރިންސް ހެރީއާއި ވެސް ވަނީ ކުރިން ދެތިން ފަހަރަކު އެކި އިވެންޓްތަކުން ދިމާވެފައެވެ. އެގޮތުން ރިހާނާ އަދި ހެރީ ވަނީ 2016 ވަނަ "މެން އެވެއާ އިވެންޓް" ކިޔާ އިވެންޓެއްގައި އެކީ ބައިވެރިވެފައެވެ.