މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީހު ފަސްކޮށްފި އެވެ.

އެމްޓީސީސީން ބުނިގޮތުގައި އަހަރީ އާއްމު ޖަލްސާ ފަސްކުރީ "ޕްރޮކްސީ" ފޯމު ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމުގެ ޝަކުވާ ލިބުމުންނެވެ.

ޕްރޮކްސީ ފޯމަކީ ހިއްސާދާރުގެ ބަދަލުގައި އަހަރީ އާއްމު ޖަލްސާ އަށް ހާޒިރުވާ ފަރާތްތަކުން ފުރަން ޖެހޭ ފޯމެކެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ޝަކުވާ ހުށަހެޅީ އެ ކުންފުނީގެ ޑިރެކްޓަރު ކަމަށް ނޮމިނޭޓު ވެފައިވާ ބައެއް މެންބަރުންގެ ފަރާތުންނެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ދެން ބާއްވާނެ ސީދާ ތާރީހެއް ބުނެފައި ނުވާއިރު އެ ޖަލްސާ ވަރަށް އަވަހަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *