ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ޢީދު ބައިބަލާ 1440" ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކުޑަ ހެންވޭރު ޔުނައިޓެޑް ހޯދައިފި އެވެ.

ކުޑަ ހެންވޭރުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލުގައި ވީކޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

ކުޑަހެންވޭރު ޔުނައިޓެޑުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅެވުނު ސެމީގައި ގަދަހިފުމުގައި ގްރީން ސްޓްރީޓްސް ބަލިކޮށްފެންނެވެ.

ސެމީގެ ދެ ވަނަ މެޗް ކްލަބް ޓީނޭޖާ ވާދަކޮށް ސީދާ ދެ ގޭމުން މެޗް ކާމިޔާބު ކުރީ ވީކޭ ސްޕޯޓްސް ކްލަބެވެ.

ފައިނަލް މެޗްގެ ފުރަތަމަ ގޭމް ގެންދިޔައީ އެތެރޭން ކުޅެމުންދިޔަ ވީކޭ ސްޕޯޓްސް ކްލަބެވެ. ދެ ވަނަ ގޭމް ކުޑަ ހެންވޭރު ޔުނައިޓެޑް ކާމިޔާބުކުރުމުން ގަދަހިފުމަކަށް ގޮސް މެޗު ކާމިޔާބުކުރީ ކުޑަ ހެންވޭރު ޔުނައިޓެޑެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަލީ ވިޖުދާން (ވިޖޫ) އެވެ.

މިއަހަރުގެ މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން

  • ވީކޭ ސްޕޯޓްސް ކްލަބުގެ ހަމްދު އަލީ
  • ވީކޭ ސްޕޯޓްސް ކްލަބުގެ މިފްރާހް ޔާސިރު (މިފޫ)
  • ކްލަބް ގްރީން ސްޓްރީޓްސް ގެ ފަރަހް ޝާމް 
  • ކްލަބް ގްރީން މުހައްމަދު މިރުސާލް ޔާސިރު (މިރޫ) 
  • ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަލީ ވިޖުދާން (ވިޖޫ)

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ ކޯޗް ނާއްޓޭ އެވެ. އަދި މިސްޓަރ ބައިބަލާ އަށް ހޮވިފައި ވަނީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަހުމަދު ފިރާޒް މޫސާ (ހާންޑޫ) އެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް އެއް ލައްކަ ރުފިޔާ އަދި ރަނަރަފް ޓީމަށް 40،000 ރުފިޔާ އަދި ފެއާރ ޕްލޭ ޓީމަށް 15،000 ލިބިގެންދާނެއެވެ. މިއަހަރުގެ މިސްޓަރ ބައިބަލާއަށް 10،000 ރުފިޔާ ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *