ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އަދަބު ލުއިނުކޮށްދޭ ނުވަ ޤައިދީއަކު ޖަލުން ދޫވެފައިވާ ކަން އިތުބާރު ހުރި މަސްދަރަކުން "ޖަޒީރާ ނިއުސް"އަށް ކަށަވަރުކޮށްދީފިއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން އެ ފަރާތުން ބުނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންތަކެއް ދޫވެފައިވަނީ ކޮން ދުވަހެއްގައިކަން ނޭނގޭ ކަމަށެވެ. ނަމަވެސް ދޫވެފައިވާ މީހުންގެ އަދަދު ނުވައެކަށްވުރެ މަދު ނޫންކަމަށެވެ. އަދި އެމީހުން ދޫވެފައިވަނީ ކޮން ގޮތަކަށް ކިހިނެއްކަންވެސް ނޭނގޭކަމަށެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު ޝައިހު އިމްރާން ޢަބްދުﷲ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އަދަބު ލުއިކޮށްދިނުމެއް ނެތި ޖަލުން އެއް ޤައިދީއަކު ދޫވެފައިވާކަމަށާއި، އެކަން ތަހުގީގުކުރަމުން ދާކަމަށެވެ.

ނުވަ ގައީދީއަކު ޖަލުން ދޫވެފައިވާ ކަމުގެ މައުލޫމާތު ޖަޒީރާ ނިއުސްއަށް ލިބުމުން، ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ އެފަދަ ކަމެއް އެނގިނުލައްވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާކޮށްދެއްވާނޭކަމަށްވެސް ވިދާޅުވިއެވެ.  

ހުކުމް ތަންފީޒުކުރަމުންދާ ގައިދީއަކު މުއްދަތުގެ ކުރިން މިނިވަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެ ގައިދީގެ އަދަބު ލުއިކޮށްދެއްވާއިރު ހުކުމުގެ ބާކީބައި މައާފުކޮށްދެއްވުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *