ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމަށް ރާއްޖެ އިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ސަރުކާރުން ދެއްވުމުން އޭނާ މިއަދު ހެނދުނު އިންޑިއާ އަށް ފުރައިވަޑައިގެންފިއެވެ.

އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންއިރު މިވަގުތު އޭނާގެ ތަންފީޒު ކުރަމުންދާ އެއްވެސް ޖަލު ހުކުމެއް މިހާރު ނެތެވެ. އެގޮތުން މި ފަހުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ބޮޑެތި ހުކުމްތައް ބާތިލް ކޮށްފައެވެ.

ނަމަވެސް އަދިވެސް އަދީބުގެ މައްޗަށް ދައުވާ ކުރާ ބައެއް މައްސަލަތައް ކޯޓުގައި އެބައޮތެވެ.

ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވޭ އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާގައި އެއް އަހަރު ދުވަހު މަޑުކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދެއްވާފައިވާއިރު، އަދީބާއި އެކު ކަރެންޝަންސް ސާވިސްގެ އޮފިސަރުންނާއި ފުލުހުންގެ ޓީމެއް ދަތުރުކުރާނެއެވެ.

ފުލުހުންނާއި، ހޯމް މިނިސްޓްރީ އަދި ކަރެންޝަންގެ އިތުރުން އިމިގްރޭޝަނުން ވިދާޅުވާ ގޮތުގައި އަދީބު ބޭއްފަރުވާއަށް ބޭރަށް ފޮނުވިޔަސް އޭނާ އަނބުރާ ރާއްޖެ ގެނެވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. އަދި އަދީބަށް ފިލުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އެ އިދާރާތަކުން ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *