އައިޖީއެމްއެޗްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގާ ހޮސްޕިޓަލްގެ އެތެރެއަށް ދުމުގެ އަސަރު ކުރުމުން އެމެޖެންސީގައި ތިބި ހުރިހާ ބަލިމީހުން އެހެން ތަންތަނަށް ބަދަލުކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ އައިޖީއެމްއެޗްގެ އިންޖީން ރޫމްގައި ހުރި ބެޓެރިސެޓެއްގައި ކަމަށާއި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 10:07 ގައި ކަމަށެވެ. އަދި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ 10:21 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިހާދިސާގައި އިމާރާތައް ގެއްލުމެއް ނުލިބޭ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބެޓެރި ސެޓްގެ ބައެއް ބެޓެރިތައް ވަނީ އަނދާ ހުލިވެފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.