ވެމްކޯ އިން ކުނި އުފުލަން ގެންގުޅޭ ވެހިކަލެއްގައި ހުރި ކުނިތަކެއްގައި ރޯވެފައި ވަނިކޮށް ފުލުހުންނަށް ފެނިގެން އަލިފާންގަނޑު ނިއްވާލައިފިއެވެ.
ފުލުހުން ބުނީ ކުނިތަކުގައި ރޯވެފައި ހުއްޓާ ފެނުނީ ފުލުހުންގެ ސީސީޓީވީ ފުޓޭޖް މޮނިޓަކުރުމުގެ ތެރޭގައި، މިރޭ 9:56 ގައި ކަމަށެވެ. އަދި އެ މަންޒަރު ފެނުމާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް 10:10 ގައި އަލިފާން ނިއްވާލި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ރޯވީ އޯކިޑް މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި އޮތް ވެހިކަލެއްގައެވެ.
މި ހާދިސާގައި ވެހިކަލަށްވެސް އަދި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ