ސްޓޭޑް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަނެއްކާވެސް ތެލުގެ އަގުހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ވަނީ މާދަމާ އިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.13 އަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 11.19 އަށް ކަމަށެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގުހެޔޮކުރީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުގައެވެ.
އެ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 11.39 އަށް އަދި ޑީސަލް ލީޓަރެއް 11.97 އަށެވެ.
އެންމެފަހުން އަގު ބޮޑުކުރި އިރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 11.49 އެވެ. އަދި ޑީސަލް ލިޓަރެއް 12.11 އަށެވެ.