މައްޗަންގޯޅީ ގެއަކުން ވައްކަން ކުރި މީހަކު ގަންހިންގުވައިފިއެވެ.
"ޖަޒީރާ" ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ގަން ހިންގުވާފައިވަނީ މައްޗަން ގޯޅީ ސަހަރާކައިރީ ހުރި ގެއަކުން ގިނަ އަދަދެއްގެ ސާމާނު ވަގަށް ނެގުމުންނެވެ.
އެގޮތުން އޭނާ ވަގަށް ނެގި ސާމާނުގެ ތެރޭގައި ލެޕްޓޮޕާއި، ގަޑިއާއި މި ނޫންވެސް ބައެއް ސާމާނު ހިމެނެއެވެ.
ވައްކަން ކޮށްގެން ގަން ހިންގުވާފައިވަނީ މެދު އުމުރުގެ ފިރިހެނެކެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެެ.