ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.  

ޖޭއެސްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ފަނޑިޔާރު، އަބްދުﷲ ދީދީ، ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރާއި ގުޅިގެން، މިރޭ ބޭއްވި ޖޭއެސްސީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި، ސްޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސްޕްރީމު ކޯޓުން ނެރުނު އަމުރަކީ، ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަަށް ހުރަސްއަޅާ އަމުރެއް ކަމަށް އެކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން، ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ބަހުސް ކުރެވުނު ގަޑީގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ މަސްލަހަތަށް ފުށުއެރުމެއް އޮތް ކަމަށް، އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ބޭނުންފުޅުވުމުން، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ވަނީ އެ ބައްދަލުވުން ދޫކޮށް ވަޑައިގަންނަވާފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސްޕްރީމް ކޯޓުން ފަނޑިޔާރު އަބްދުﷲ ދީދީ، ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ނެެރުނު އަމުރަށް އަމަލު ނުކުރަން ނިންމީ، މިރޭ ޖޭއެސްސީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ އިއްތިފާގުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *