19 ވަނަ ރައްޔިތުންގެ މަޖިލީސް އުވާލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު މޫސާ އަންވަރު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމް ދީނާއި އިސްލާމް ދީނުގެ ދިފާޢުގައި 19 ވަނަ ރައްޔިތުންގެ މަޖިލިސް އުވާލާ އަވަސް މަޖިލިސް އިންތިޚާބެއް ބޭއްވުމަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އަދި އެކަމަށް އެމްޑީޕީ އަންނި ފެކްޝަން ނޫން ހުރިހާ ސިޔާސީ ޕާޓީތަކުން ތާއީދު ކުރާނެ ކަމަށް ދެކޭކަމުގައިވެސް ޓްވީޓުގައިވެއެވެ.