ސަރުކާރުން ލޯނު ގެރެންޓީ ދިން އަދަދު 13 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ދައުލަތުގެ ދަރަންޏާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރި ރިޕޯޓުގައިވާގޮތުން މިދިޔަ މާޗުގެ ނިޔަލަށް ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތައް 11 ބިލިއަން ރުފިޔާގެ ގެރެންޓީ ދީފައިވާއިރު ރާއްޖޭގެ ބޭންކްތަކުން ނަގާފައިވާ ލޯނުތަކަށް ދެ ބިލިއަން ރުފިޔާގެ ގެރެންޓީ ދީފައި ވެ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ގެރެންޓީ ދިން ޖުމްލަ ލޯނުގެ އަދަދު 11 ބިލިއަންގައި ހުރި އިރު ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކުގެ އަދަދު އުޅެނީ 10 ބިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ދަރަނި 49 ބިލިއަނަށް އަރާފައިވާއިރު ލޯނު ގެރެންޓީއާ އެކު ދައުލަތުގެ ދަރަނި 62.7 ބިލިއަން ރުފިޔާ އަށް އަރައެވެ.
ދައުލަތުން ލޯނު ގެރެންޓީ އެންމެ ގިނައިން ދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.