ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން "ޓްރޭޝްޓެގްއެމްވީ" ގެ ނަމުގައި ފެށި ކެންޕެއިންގެ ބައިވެރިންގެ ފަރާތުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ބީޗް" އަށް 30،000ރ. މިއަދު ދީފި އެވެ.

ސޭވް ދަ ބީޗް ޖަމިއްޔާއަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ރާއްޖޭގެ ގޮނޑުދޮށްތައް ސާފުކޮށް ބަލަހަށްޓަން އެހީވެދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަށް ފައިސާގެ އެހީ ދީފައިވަނީ ވިލިމާލޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ޓްރޭޝްޓެގް ޗެލެންޖަށް ގިނަ ބައެއްގެ ފަރާތުން ތަރުހީބު ލިބުނު ކަމަށާއި، ތިމާވެށި ހިމާޔަތްކުރާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ބީއެމްއެލުން އުފާކުރާ ކަމެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރި ކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކެއް ހިންގުމަށް ދެވޭ އެހީތެރިކަމެއް. ޒުވާނުން އިސް ނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ކުރާ ޖަމިއްޔާއަކަށް ބީއެމްއެލްގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ވެސް މެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި، މިދިޔަ ފިތުރު އީދު ބަންދަށް އެކި ރަށްރަށަށް ދިޔަ މުވައްޒަފުން އިސްނަގައިގެން ފެށި 'ޓްރޭޝްޓެގްއެމްވީ' ގައި ވަނީ ރަށްރަށް ސާފުކޮށް، ގެނެސްފައިވާ ރީތިކަން ހުށަހަޅައިދީފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *