އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފުލުހުން ވިދާޅުވީ، އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ، ކޯޓް އަމުރެއްގެ ދަށުން 58 އަހަރުގެ ފިރެހެނެއްގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހާ މިއަދު ހައްޔަރުކުރީ، އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ފުލުހުން އިއްޔެ ބުނެފައި ވަނީ އެ މީހާ ހައްޔަރު ނުކުރެވި ލަސްވީ، އޭގެ ކުރިން ހޯދަންޖެހޭ ޑޮކިއުމެންޓުތަކެއް ނުލިބި ދިގުލައިގެންދާތީ ކަމަށެވެ.

ބައްޕަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭތީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު އަމިއްލަ އަށް ފުލުސް ސްޓޭޝަނަށް ގޮސް އިއްޔެ ވަނީ މައްސަލަ ހުށަހަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *