ޖުޑީޝަލް ކައުންސިލް ގެ ކުއްލި ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

ޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ އިހްތިސާސްތަކާ ޚިލާފަށް އަދުލުގެ އިންސާފުގެ ބާރަށް ހުރަސް އެޅުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ކުއްލި ބައްދަލުވުން ކުރިއަށް ގެންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރުމާއި ގުޅިގެންނެވެ.

ޖުޑީޝަލް ކައުންސިލްގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ސުޕްރީމް ކޯޓުން ކަނޑައަޅާ ދެ މެޖިސްޓްރޭޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *