ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުން ބޮޑު ބައެއް ނުނަންގަވަން އެމަނިކުފާނު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އިނާޔަތުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
މަޖިލީހުން ލިބިވަޑައިގަންނަވާ މުސާރައާއި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކާއެކު މިހާރު ރައީސް ނަޝީދަށް މަހަކު 245،125 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
ނަޝީދަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސުންގެ އިނާޔަތުގެ ތެރެއިން ބައެއް އުނިކޮށްފި ނަމަ، ނަޝީދަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 160،000 ރުފިޔާއެވެ.