ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތެެއްގެ މެޗެއްގައި، ސަޕޯޓަރުންނާއި، ކުޅުންތެރިން ދަނޑުތެރޭގައި ހަމަނުޖެހުން ހިންގާ، ދަނޑުގެ މެޓްތަކަށާއި، އަދި ދަނޑުގައި ހުރި އެހެން ސާމާނުތަކަށް ގެއްލުން ދިން މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެމައްސަލަ ތަހުގީގު ކުރަން ނިންމީ ފުލުހުންގެ އަމިއްލަ އިސްނެގުމުގެ ދަށުން ކަމަށާއި، އަދި ތަހްގީގު ކުރަމުން ދަނީ ދަނޑުގައި ހުރި މުދަލަށް ގެއްލުން ދިން މައްސަލަ ކަމަށެވެ.
ދިއްދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް ކަޕްގައި، ކުޅުނު މެޗްގައި ދެ ޓީމުގެ ދެމެދުގައި ހަމަނުޖެހުން ތަކެއް ހިނގާ، ދެ ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިން ދަނޑުގެ މެޓް ހަލާކުކޮށް، މުބާރާތަށް ދަނޑަށް ގެނެސްފައިވާ ގޮނޑިތަކަށް ގެއްލުން ދީފައިވަނީ، ހޯމަ ދުވަހުގެ ރޭ 23:00 ހާއިރެވެ.
އެ ހާދިސާ ހިންގުމުން ފުލުހުން ވަނީ އެސަރަހައްދަށް ގޮސް، މައްސަލަ ހައްލުކޮށް ދެ ޓީމުގެ މެމްބަރުންނާއި ވާހަކަދައްކާފައެވެ.