ބޮލީވުޑްގެ ކުޅަދާނަ އަދި ކާމިޔާބު ޒުވާން ބަތަލާ ޕަރީނިތީ ޗޯޕްރާ، އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތައް މިއަންނަ އޮކްޓޯބަރު މަހު ފަށަން ހަމަޖައްސައިފިއެވެ.

ޕަރީނިތީ އޮކްޓޯބަރު މަހު ޝޫޓިންތައް ފަށާ ފިލްމަކީ، އިންޑިއާގެ މަޝްހޫރު އަދި ދުނިޔޭގެ ލެވެލްގައި ވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ބެޑްމިންޓަން ކުޅުންތެރިއެއް ކަމަށްވާ، ސައިނާ ނެވަލްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެވެ. 

ޕަރީނިތީ ޗޯޕްރާ، ބުނި ގޮތުގައި އެ ފިލްމުގެ ޝޫޓިންތައް ފެށުން ލަސްވެފައިވަނީ، އޭނާއަށް އަދި ބެޑްމިންޓަން ކުޅެން ނޭނގޭތީ ކަމަށާއި، ކުރިއަށް އޮތް ހަތަރު މަސް ދުވަހަކީ އޭނާއަށް ބެޑްމިންޓަން ކުޅެން ދަސްކުރަން ފިލްމުގެ ޓީމުން ދިން ވަގުތެއް ކަމަށެވެ.

ޕަރީނިތީ ބުނީ، އޭނާގެ ޓީމުންވެސް ސައިނާގެ ބެޑްމިންޓަން މެޗްތައް ބަލައިގެން، ދަސްކުރަން ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ، އޭނާ ކުޅެން ޖެހެނީ ސައިނާގެ ރޯލް ކަމުން، ސައިނާ ބެޑްމިންޓަން ކުޅޭއިރު، ގެންގުޅޭ ހުރިހާ އުކުޅުތަކާއި ގެންނަ ހުރިހާ ހަރަކާތްތަކެއް ވެސް ދަސްކުރަން ޖެހޭ ކަމަށެވެ.

އެންމެ އަވަހަށް ޕަރީނިތީގެ ފިލްމެއް ދެން ބެލުންތެރިންނާއި ހަމައަށް އަންނާނީ، މިއަންނަ ޖުލައި މަހުގައެވެ. އެއީ، "ޖަބަރިޔާ ޖޯޑީ" އެވެ. އެފިލްމުގަައި ޕަރީނިތީ އާއި އެކު ލީޑް ރޯލުން ފެނިގެންދާނީ، ސިދާތް މަލްހޯތްރާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *