މެދު ރާއްޖެތެރޭގެ ރަށެެއްގައި އަށް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 25 ވަނަ ދުވަހު 10:00 ޖަހާކަންހާއިރު، މެދު ރާއްޖެތެރޭގެ ރަށެއްގައި އަށް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 58 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމަށެވެ.