ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުންތައް ނުބޭއްވެނީ އެބޭފުޅުން މަސައްކަތުގައި އަވަދިނެތި އުޅުއްވާތީ ކަމަށާއި، ބައްދަލުވުންތައް ނުބޭއްވުނަސް ސަރުކާރު ހިންގަން އުނދަގޫ ނޫން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ކޯލިޝަން ލީޑަރުންގެ ބައްދަލުވުންތައް ގަވައިދުން ނުބޭއްވެނީ އެ ބޭފުޅުންގެ މަސައްކަތްޕުޅު ބުރަކަމުން ކަމަށާއި، ލީޑަރުންގެ ބައްދަލުވުންތައް ވަކީން ނުބޭއްވި ނަމަވެސް، ކެބިނެޓުގައި ވެސް އެ ފަރާތްތައް ތަމްސީލުކުރާ ބައިވަރު ވަޒީރުން އެބަ ތިއްބެވި ކަމަށާއި، ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި މައްސަލައެއް ނުވަތަ އުނދަގޫކަމެއް ނެތް ކަމަށެވެ.

ރައީސް ޞާލިހު މީގެ ކުރިން ވަނީ، ކޯލިޝަން ލީޑަރުންގެ ބައްދަލުވުންތައް ކޮންމެ މަހަކު އެއްފަހަރު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނިމިދިޔަ މަޖިލިސް އިންތިހާބުގެ ދުވަސްވަރުން ފެށިގެން މިހާތަނަށް އެފަދަ އެއްވެސް ބައްދަލުވުމެއް ބޭއްވިކަން ހާމަކޮށްފައެއްނުވެއެވެ. އަދި ބައްދަލުވުންތައް ނުބާއްވާ ސަބަބެއް ވެސް މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *