ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އެ ޕާޓީގެ އޮފީހުގައި ބައްދަލު ކުރެއްވުމުމަކީ މައްސަލަ އެއް ނޫން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދް ވިދާޅުވީ، މަތީ ތައުލީމަށް ދޫކުރާ ލޯނުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އެމްޑީޕީގެ އޮފީހަށް ހާޒިރު ކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެނގިގެން ކަމަށާއި، އެއީ މައްސަލައެއް ނޫން ކަމަށެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އެ ބައްދަލުވުން އެމްޑީޕީ އޮފީހުގައި ބޭއްވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ގުޅުއްވުމުން އެކަމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވުމުން ކަމަށެވެ. އެމްޑީޕީ އޮފީހުގައި އެ ބައްދަލުވުން ބޭއްވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށެވެ.

ހޫދު އިތުރަށް ވިދާޅުވީ މިނިސްޓަރު އެމްޑީޕީގެ އޮފީހަށް ހާޒިރު ކުރީ ލޯނުގެ ކަންތައްތަކާ ގުޅިގެން އެމްޑީޕީގެ ރައްޔިތުންގެ މަޖްލިސް ގެ މެންބަރުންގެ ހުރި ސުވާލުތަކެއް އޮޅުން ފިލުވުމުގެ ގޮތުންކަމަށެވެ. ހޫދުވަނީ ލޯންގެ ކަންތައްތައް ހިނގާ ދިޔަ ގޮތާ މެދު ރައީސްގެ ކަންބޮޑުވުންތައް ހުރިކަމަށާއި އެކަންތައްތައް ރަނގަޅު ކުރުމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *