މާލޭގެ ޕާކެއްގެ ތެރެއިން މިނާފުށް ލައްވާ ބަޑިއެއް ފެނުނު މައްސަލައިގައި މީހަކާއި ސުވާލުކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 1:32 ހާއިރު އިސްލާމިކް ޔުނިވާސިޓީ ފުރަގަހުގައި އޮންނަ ޕާކުގައި ތިބި ބައެއްގެ ކައިރީގައި މިނާފުށް ލައްވައިގެން ބޭނުން ކުރާ ވައްތަރުގެ ބަޑިއެއް ބާއްވަފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 22 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެ މީހާ ސުވާލު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އެ ޕާކުން ފެނުނު ބަޑި މިވަގުތު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.