އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ އައްޔަނުކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަހުމަދު އަލީ އައްޔަނުކުރުމަށް މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަފައެވެ. މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދެވެ. އެރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަޙްމަދު އަލީ އަކީ ސަރުކާރަށް އެކި ވަޒީފާތަކުގައި 10 އަހަރު ޙިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 ވަނަ އަހަރު އޯލެވެލް ނިންމުމަށްފަހު ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެށި ހިސާބުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ އެކި ވަޒީފާތަކުގައި ވަނީ މަސައްކަތްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *