ޚަބަރު
މި އަހަރު އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތައް
ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

މި އަހަރު ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފި އެވެ.

ފުލުހުން އާންމުކުރި ކުއާޓާލީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު 1203 ވައްކަމުގެ މައްސަލަ  އެމުއައްސަސާއަށް ރިޕޯޓްކޮށްފައި ވެއެވެ.

ދެ ވަނައަކަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކެކެވެ. އެގޮތުން 1047 ޓްރެފިކް އެކްސިޑެންޓާއި 515 މަސްތުވާތަކެތީގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

 • – ވައްކަން ކުރުމުގެ 270 މައްސަލަ
 • – ޓްރެފިކް އެކްސިޑެންޓު 212 މައްސަލަ
 • – މުދަލަށް ގެއްލުން ދިނުމުގެ 55 މައްސަލަ
 • – މަކަރާއި ހީލަތް ހެދުން 54 މައްސަލަ
 • – ޖިންސީ ގޯނާގެ 30 މައްސަލަ
 • – އަނިޔާ ކުރުމުގެ 52 މައްސަލަ
 • – ގެވެށި އަނިޔާ 15 މައްސަލަ
 • – ފޭރުމުގެ 36 މައްސަލަ
 • – ފޯޖް ކުރުމުގެ 12 މައްސަލަ
 • – މަސްތުވާތަކެއްޗާ ގުޅޭ 109 މައްސަލަ
 • – އެއްޗެހި ގެއްލުމުގެ 82 މައްސަލަ
0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top