އދ.މަހިބަދޫ ފާމަސީގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ފާމަސިސްޓަކަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު ތިން ސްރިންޖު ވަގަށް ނަގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ މައްސަަލައިގެ ރިޕޯޓް ފުލުހަށް ކުރީ ރޭ 21:00 ހާއިރު ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމައްސަލައާއި ގުޅިގެން ހިންގި ތަހްގީގުގައި، 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ މަގުމަތިން ހިނގާފައި ދަނިކޮށް ޝައްކު ކުރެވޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު، އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިހާރު އެމައްސަލަ ދަނީ އިތުރަށް ތަހްގީގު ކުރަމުން ކަމަށެވެ.