ދުނިޔޭގައި އެތައް މިލިއަނަރުންނެއް އުޅޭއިރު ޖަނަވާރެއްގެ މިލްކިއްޔާތުގައި ގިނަ އަދަދެއްގެ ފައިސާ ހުރުމަކީ ފަހަރުގައި ޤަބޫލު ކުރަން ދަތި ކަމަކަށް ވެދާނެއެވެ. އަދި ކުކުޅެއްގެ މިލްކިއްޔާތުގައި 15 މިލިއަން ޑޮލަރު އެބަހުށްޓޭ ބުނެފިނަމަ ގިނަ ބަޔަކަށް އެކަން ވާނީ ބޮޑު ޖޯކަކަށެވެ.

ނަމަވެސް ހަޤީޤަތަކީ މިލްކިއްޔާތުގައި 15 މިލިއަން ޑޮލަރު ހުރި ކުކުޅެއް ދުނިޔޭގައި އުޅޭކަމެކެވެ. ގިގޫގެ ނަމުން ނަން ދީފައިވާ މި ކުކުޅުގެ މިހާ ތަނަވަސްވެފައި މިވަނީ އެ ކުކުޅުގެ ވެރިފަރާތް މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާއިން ގިގޫއަށް 15 މިލިއަން ޑޮލަރު ވާރުތަވެފައިވާތީއެވެ.

ގިގޫގެ ވެރިފަރާތަކީ އިނގިރޭސިވިލާތުގެ މިލިއަނަރެއް ކަމުގައިވާ މައިލްސް ބްލެކްވެލްއެވެ. ބްލެކްވެލް އަކީ ޖަނަވާރުން ގެންގުޅުމަށް ހާއްސަ ލޯތްބެއް ކުރާ މީހެކެވެ. އެގޮތުން މަދުން ފެންނަ ބާވަތުގެ ކުކުޅުވެސް އޭނާ ގެންގުޅުނެވެ.

ބްލެކްވެލް 2011 ވަނަ އަަހަރު މަރުވުމުން އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާގެ ތެރެއިން ބައެއް ފައިސާ ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކަށް ހަދިޔާކޮށްފައެވެ. ބާކީ ހުރި ފައިސާ ވާރުތަވީ ގިގޫއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.