ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ޓެކްސީއަކާއި، ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 00:00 ހާއިރު، ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ޓެކްސީއަކާއި، ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، ވެހިކަލް ދުއްވަން އިން ދެ މީހުންނަކީވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ މަގަށް ސަމާލުކަން ދޭން ޖެހޭ ވަރަށް ނުދެވެމުން ކަމަށެވެ.

އެކްސިޑެންޓްވި ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *