ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެކްސިޑެންޓްވެ އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު، ދުއްވާފައި ދިޔަ ސައިކަލް މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި، ކަހާލައިގެން ވެއްޓިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެހާދިސާ ހިނގީ ރޭ ގަޑިން 23:00 ހާއިރު ކަމަށާއި، އަދި މެމްބަރު ހަސަން އަހުމަދު ހޮސްޕިޓަލަށް ގެންދިޔައީ، އެވަގުތު އެތާގައި އޮފް ޑިއުޓީގައި ހުރި ފުލުހެއް ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މެމްބަރު ހަސަން އަހުމަދު އެމައްސަލަ ފުލުހަށް ހުށަނާޅާ ކަމަށާއި، އަދި އެބޭފުޅާ އެމައްސަލަ ފުލުހަށް ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ.