ބޮލީވުޑްގެ މަޝްހޫރު ރެޕާ އަދި ލަވަކިޔުންތެރިޔާ ބާދްޝާހް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ހާންދާނީ ޝަފަހާނާ" މިއަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

"ހާންދާނީ ޝަފަހާނާ" އަކީ މަޝްހޫރު ރެޕާ ބަދްޝާހް، އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސް މެއެވެ.

"ހާންދާނީ ޝަފަހާނާ" އަކީ ކޮމެޑީ ފިލްމެކެވެ. އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ، ޕަންބާޖް ގައެވެ.

"ހާންދާނީ ޝަފަހާނާ" ޑައިރެކްޓްކޮށްފައިވަނީ، ޝިލްޕީ ދާސްގުޕްތާ އެވެ. އަދި އެ ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ، ޓީ ސީރީޒުންނެވެ.

އެ ފިލްމުން، ބާދްޝާހްގެ އިތުރުން، ސޮނާކްޝީ ސިންހާ، ވަރުން ޝަރުމާ، އައްނޫ ކަޕޫރް އަދި އެކްޓަރު ރާޖް ބައްބަރުގެ އަންހެނުން ނާދިރާ ފެނިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *