ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން އަދި އުންމީދީ ގޯލް ކީޕަރު މުހައްމަދު ފައިސަލް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް ސޮއިކޮށްފިއެވެ.

ފައިސަލް ޕީއެންސީއަށް ސޮއިކޮށްފައިވަނީ މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފުލާއެއްގައެވެ. އެ ހަފުލާގައި ޕީއެންސީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފައިސަލް ޕީއެންސީއަށް ސޮއި ކުރުމަށް ބޭއްވި ހަފްލާގައި، އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ވެސް ބައްދަލުކުރައްވާފައެވެ.

ގޯލް ކީޕަރު ފައިސަލް ޕީއެންސީ އަށް މިރޭ ސޮއި ކޮށްފައިވާއިރު، މީގެ ކުރިންވެސް ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ވަނީ ޕާޓީތަކަށް ސޮއި ކޮށްފައެވެ.

ފައިސަލްއަކީ މިދިޔަ އަހަރު ބޭއްވި ސާފު ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *