ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުން އެ ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މެންބަރު ހަސަން ލަތީފުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް މޫސާ ސިރާޖު އެވެ.

ޖޭއެސްސީގެ މެންބަރުން ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ، އެއީ ހާއްސަ ހާލަތެއްކަމަށް ބަލައި މާދަމާރޭ ޖޭއެސްސީގެ މެންބަރުން ކޮމެޓީއަށް ހާޒިރުކުރަން އެދޭ ކަމަށެވެ. ހަސަން ލަތީފުގެ އެ ހުށަހެޅުއްވުމަށް ކޮމެޓީގެ ތިއްބެވި ހުރިހާ މެންބަރުންވެސް ވަނީ ތާއީދުކޮށް ވޯޓުދެއްވާފައެވެ.

ޖޭއެސްސީގެ މެންބަރުން ކޮމެޓީއަށް ހާޒިރު ކުރަނީ އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބު ސާފުކުރުމުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހުކުމްތައް ބާތިލް ކުރުމާއި ގުޅޭ ގޮތުން ސާފުކުރަން ޖެހޭ ބައެއްކަންކަން ސާފުކުރުމަށެވެ.

ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރު ވުމަށް ލިޔުމުން ނޯޓިސް ފޮނުއްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *