ވައުދެއްވެއްޖެ ނަމަ އެވައުދު ފުއްދުމަކީ މާތްވެގެންވާ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. އަދި އެއީ މުރޫއަތްތެރިކަމުގެ އަހުލުވެރިންގެ ޞިފައެކެވެ.

ވައުދާއި ހިލާފުވުމަކީ އެހެންމީހުން ކުޑާއިމީސްކުރާކަމުގެ އަލާމާތެކެވެ. އަދި އެއީ މުނާފިގުންގެ އަމަލެއްވެސް މެެއެވެ.

އެގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

((آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ))[متفق عليه] 

މާނައީ:"މުނާފިޤުންގެ ތިން ޢަލާމާތެއްވެއެވެ: ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވަޢުދެއްވެއްޖެއްޔާ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ހަވާލުކުރެވިއްޖެނަމަ ޚިޔާނާތްތެރިވާނެއެވެ."

އަދި އިމާމު މުސްލިމް ރިވާކުރެއްވި ރިވާޔަތުގައި އިތުރަށް އައިސްފައިވެއެވެ.

 ((…وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ)) 

މާނައީ: "ރޯދަހިފާ، ނަމާދުކޮށް އަދި އޭނާއަކީ މުސްލިމެއްކަމުގައި ދަޢުވާކުރިނަމަވެސްއެވެ."

ވައުދަށް ޚިލާފުވެއްޖެމީހަކީ ﷲ އަށް އުރެދިފައިވާ މީހެކެވެ. ﷲ ތައާލާ ވަޙީކުރެއްވިއެވެ.

﴿وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۚ وَأَوْفُوا بِالْعَهْدِ ۖ إِنَّ الْعَهْدَ كَانَ مَسْئُولًا﴾ (سورة الإسراء ٣٤)

މާނައީ: "އަދި ޔަތީމުކުއްޖާ ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށް ދާނދެން، ރަނގަޅުގޮތުން މެނުވީ ތިޔަބައިމީހުން އޭނާގެ މުދަލާ ގާތްނުވާށެވެ. އަދި ތިޔަބައިމީހުން ޢަހުދުފުއްދާށެވެ. ހަމަކަށަވަރުން ޢަހުދަކީ (އެއާމެދު) ސުވާލުކުރައްވާނޭ ކަމެއްކަމުގައި ވިއެވެ"

އަހުދެއް ވެއްޖެ ނަމަ އެ އަހުދަށް ވަފާތެރިވުމަކީ ވާޖިބެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *