މާލޭގައި ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފޯނަކާއ،ި ފައިސާތަކެއް ފޭރިގަނެފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 7:57 ހާއިރު، ފަށާނާކިލެގެ މަގުން ހިނގާފައި ދިޔަ ބިދޭސީއަކަށް ވަޅިން ބިރުދައްކައި، ފޭރިގަނެގެން ފިލަން އުޅުނު 26 އަހަރުގެ ފިރިހެނަކު، އެވަގުތު އެތަނުން ދިޔަ ފުލުހަކަށް ފެނިގެން ފަހަތުން ދުވެފައިގޮސް ހިފަހަށްޓައި، ފޭރުނު ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ބިދޭސީ މީހާގެ އަތުން ފޭރިގަނެފައިވަނީ 1،000 ރުފިޔާއާއި ފޯނެއް ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.