ހއ. ހޯރަފުށީ ގެއަކުން ވަގަށް ނަގާފައިވާ ލޮއި ގޯންޏެއް ވިއްކާލައިފައިވަނިކޮށް ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހުގެ 10:07 ހއ. ހޯރަފުށީ ގެއަކުން ލޮއި ގޯންޏެއް ވަގަށް ނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ފުލުހުން ހިންގި ތަހުޤީޤުން އެ ތަކެތި އެރަށުގައި ދިރިއުޅޭ ބިދޭސީއަކަށް ވިއްކާލައިފައިވަނިކޮަށް، ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރެވުނު މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.