މިހާރު 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިން މައްސަލައިގަ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލިހަށް ހާޒިރުކުރުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެކަން ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައީލް ނަސީމެވެ.

މިހާރު ކުރިއަށްދަނީ އެ ކުއްލި މައްސަލައަށް މަޖިލިސް މެމްބަރުންގެ މެދުގައި ބަހުސްކުރުމެވެ.

އެ ކުއްލި މައްސަލަ ފާސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 56 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. މަޖިލިހަށް ހާޒިރުވެ ތިއްބެވީ 58 މެމްބަރުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *