މިހާރު 15 ދުވަހުގެ ޖަލް ހުކުމެއް ތަންފީޒުކުރަމުންދާ، ކުރީގެ ނައިބު ރައީސް އަހުމަދު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާއިރު، ފުލުހުންގެ ފަރާތުން އަދި ކަރެކްޝަނަލް ސާވިސްގެ ފަރާތުންވެސް އޮފިޝަލުން އަދީބު އާއިއެކު ދާގޮތަށް ހަމަޖައްސައިފިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު، އަދީބާއި އެކު ކަރެކްޝަންސް އަދި ފުލުހުންގެ ސެކިއުރިޓީ އޮފިޝަލުން ބައިވެރިވާނެ ކަން އާއިލާއަށް އަންގާފައިވާ ކަމަށެވެ.
އަދީބަށް ބޭސްފަރުވާއަށް ރާޢްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ދިނީ އިއްޔެގެ ވަގުތެއްގައެވެ.
އަދީބު ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން، އެކަމަށް ހުއްދައަށް އެދިފައެވެ.