ދުވިސައްތައަށް ވުރެ ގިނަ ޓުއަރ އޮޕަރޭޓަރުންނާއެކު މިއަހަރުގެ ޓީޓީއެމް ޓްރެވަލް ސަމިޓް ބަނޑޮސް އައިލެންޑް ރިސޯޓްގައި ފަށައިފިއެވެ. 

ޓްރެވެލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ޓްރެވަލް ސަމީޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ސަމިޓެވެ. 

މިއަހަރުގެ ފެއަރގައި ރިސޯޓުތަކާއި އެކި ކުންފުނިތައް ހިމެނޭހެން 200 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުން ބައިވެރިވެފައިވެއެވެ.

މި ސަމިޓް ޝަރަފްވެރިކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއެވެ. 

މިއަހަރުގެ ސަމިޓް ޚާއްސަކުރެވިފައިވަނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ ދާއިރާގައި ފުންނާބު އުސް ބޭފުޅުން މިސަމިޓްގައި ބައިވެރިވެ މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެދާއިރާ ކުރިއެރުވޭނެ ގޮތްތަކާއި ބެހޭ ގޮތުން ޕްރޮފެސަރ ހަސަން އުގެއިލް ވަނީ ޚާއްސަ ޕްރެސެންޓޭޝަނެއް ވެސް ދީފައެވެ

ޓީޓީއެމް ޓްރެވެލް ސަމިޓް ކުރިއަށްދާނީ މިމަހުގެ 11 އިން 13 ގެ ނިޔަލަށެވެ. 

އެގޮތުން އިއްޔަ ޓީޓީއެމް ސަމިޓް ރަސްމީކޮށް ފަށާފައިވާއިރު މިއަދާއި މާދަމާ ޓީޓީއެމް ސަޕްލައިޔާ އެކްސްޕޯ ކުރިއަށްދާނެކަމަށް ޓީޓީއެމް ހިންގާ އޯރކާ ގްރޫޕްއިން މަޢުލޫމާތުދެއެވެ

މީގެ އިތުރުން ޓީޓީއެމް ސަމިޓް ނިންމުމުގެ ގޮތުން ގާލާ ނައިޓްއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. . އޯރކާ ގްރޫޕްއިން ބުނީ މިއަހަރުގެ ޓީޓީއެމް ފެއަރގެ އަމާޒަކީ ރާއްޖެއަށް އަހަރަކު 2 މިލިއަން ފަތުރުވެރިން ގެނެސް 2020 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް 3.5 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދުމެވެ.

މި އަހަރުގެ ޓީޓީއެމް ފެއާގެ ޓައިޓަލް ސްޕޮންސާ އަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު މި އަހަރުގެ ފެއާގެ ތީމަކީ "ޓްރެވަލް ޓެކްނޮލޮޖީ އަދި އެނެލެޓިކްސް" އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *