އިޚްލާޞްތެރިކަމަކީ ޢަމަލެއް ކުރާއިރު ﷲ އަށްޓަކައި އެޢަމަލުކުރުމާއި، ﷲ ނޫން ފަރާތަކަށްޓަކައި އެކަން ނުކުރުމެވެ.

އަމަލުތަކުގައި އިލްހާސްތެރިވުމަށް މާތްﷲ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. ކުރާ ކޮންމެ އަމަލެއްގައި އިހްލާސްތެރިކަން އިސްކުރާ މީހާއަކީ ކާމިޔާބާއި ނަސީބު ލިބުގަތް މީހުންގެ ތެރެެއިންވާ މީހެއްކަން ކަށަވަރެވެ.

އިލްހާސްތެރިކަމަކީ ސިރުކު ކުރުމާއި ދެއްކުންތެރިކަމުން ދުރުކޮށްދޭ ކަމެކެވެ.

ފުޟައިލު ބުން ޢިޔާޟް ވިދާޅުވިއެވެ.

"މީސްތަކުންނަށްދެއްކުމަށްޓަކައި ޢަމަލުކުރުމަކީ ޝިރުކެކެވެ. އަދި މީސްތަކުންނާހެދި ޢަމަލެއް ދޫކޮށްލުމަކީ ދެއްކުންތެރިކަމެވެ. އިޚްލާޞްތެރިކަމަކީ އެދެކަމުންވެސް، ﷲ ތަޢާލާ ތިބާ ސަލާމަތްކޮށްދެއްވުމެވެ"

އިންސާނާގެ ހުރިހާ އަމަލެއް ﷲއަށްޓަކައި ހާލިސްކުރަން ޖެހެއެވެ.

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމުތަކުގެ ވެރި ﷲ އަށެވެ. [162] އެއިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުންމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ. [163]"

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *