ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ ގޮތުގައި ކަކާ އާއި ކަރީމް ބެންޒެމާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ މަޝްހޫރު ތަރިންތައް ސެންޓިއާގޯ ބާނެބެއު ސްޓޭޑިއަމްގައި އާއްމުންނަށް ދައްކާލިތާ 10 ވަރަކަށް އަހަރުވެފައިވާއިރު ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ފުރަތަމަ ފަހަރަށް ދައްކާލުމަށް ބާއްވާ ރަސްމިއްޔާތު ކުރިއަށްވުރެ ކުލަގަދަކޮށް ބާއްވަން ބޭނުންވާކަން އެ ކްލަބުން ހާމަކޮށްފިއެވެ.

ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހަޒާޑް ފުރަތަމަ ފަހަރަށް ރަސްމީކޮށް ސަޕޯޓަރުންނަށް ދައްކާލުމަށް ބާއްވާ ރަސްމިއްޔާތު އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސަންޓިއާގޯ ބާނެބެއު ސްޓޭޑިއަމްގައެވެ.

ރެއާލްގެ އަމާޒަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ ގުޅުނު ހުރިހާ ކުޅުންތެރިންވެސް ސަޕޯޓަރުންނަށް ދައްކާލުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމެވެ. އެގޮތުން، އެ ކްލަބުން އުއްމީދުކުރަނީ ހަޒާޑް ފުރަތަމަ ފަހަރަށް އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށް ބާއްވާ ރަސްމިއްޔާތު ބެލުމަށް އަންނަ ސަޕޯޓަރުންނާއެކު ދަނޑު އެއްކޮށް ފުރާލުމެވެ.

މީގެކުރީން، ރޮނާލްޑޯ އެ ޓީމަށް ގެނައި ސީޒަނުގައި ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ދައްކާލުމަށް ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތަށް ގާތްގަނޑަކަށް 77 ހާސް ސަޕޯޓަރުން ހާޒިރުވިއެވެ. ރެއާލްގެ އުއްމީދަކީ، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހަޒާޑް ދައްކާލުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި މިއާ އެއްވަރަށް ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވުމެވެ.

އެންމެފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލްގައި ހަޒާޑް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 7 ނަންބަރު ޖާޒީއެވެ. އެގޮތުން، ހަޒާޑްގެ ރެއާލްގެ ޖާޒީތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ވަރަށް ބާރަށް ވިކެމުންދާކަމަށް ހަބަރުތައް ލިބެއެވެ.

ރެއާލުން މި ސީޒަނަަށް ގެނައި ސާބިއާގެ ފޯވާޑް ލޫކާ ޖޮވިޗް އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *