ބަންދުކޮށްފައިވާ މާލޭ ޖަލު އެނެކްސްގައި އަދިވެސް މީހުން ބަންދުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ދެއްކި ވާހަކަ ކަރެކްޝަންސްއިން ދޮގުކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު، ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ޖަލުތަކާއި ބެހޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާ ހިއްސާ ކުރާ މަޢުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ޝާއިޢު ކުރެއްވުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޝަރުއީ ކޯޓުތަކަށް ހާޒިރުކުރެވޭ މީހުން ޝަރީއަތް ނިމުމުން މާފުށީ ޖަލަށް ފުރުވާލުމާ ދެމެދު ހޭދަވާ ގަޑިއެއް ނުވަތަ ދޮޅުގަޑިއިރެއްހާއިރު ވަގުތުކޮޅުގައި އެނެކްސް އިމާރާތުގައި މަޑުކޮށްފައި ހުންނާނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. ކަރެކްޝަންސްއިން ބުނި ގޮތުގައި އެ ވަގުތުކޮޅަށް އެ މީހުން ބައިތިއްބަނީ މެންދުރުގެ ކެއުން ހަމަޖައްސާދީފަ ފުރުވާލުމަށް ކަމަށެވެ.

އެޗްއާރުސީއެމުން މާލޭ ޖަލަށް ޒިޔާރަތްކޮށް އެކުލަވާލި ރިޕޯޓްގައި ބުނީ ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މާލޭ ޖަލު އެނެކްސް 1 ގައި އެއްވެސް ގައިދީއަކު ބަންދުކުރުން ހުއްޓާލައި އެތަނުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން އެހެންތަނަކަށް ބަންދުކުުރުމަށް އެންގިކަމަށެވެ.

މާލެ ޖަލު އެނެކްސް ބަންދުކޮށްފައިވާކަން ކަރެކްޝަނުން ހާމަކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އެނެކްސް 1 އަކީ ފުރަތަމަ 2003 ވަނަ އަހަރު ރިމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. ނަމަވެސް 2006 ގައި އެތަނުގައި އިތުރު ގޮޅިތަކެއް ހެދުމަށް ފަހު ދިގު މުއްދަތަކަށް މީހުން ބަންދުކުރަން ވަނީ ފަށައިފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *