ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ދެއްވައިފިއެވެ.
ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ އަދީބަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައިވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ ކަމަށެވެ.
އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ މިއަދު، ދިންއިރު، އަދީބު ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ބޭސްފަރުވާއަށް ބޭރަށް ދިއުމަށް އެދިފައެވެ.
އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމްގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަ ވާނެއެވެ.