ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ ސައިކަލެއް ފޭސްބުކް ޕޭޖެއްގައި ވިއްކާލުމަށް ޖެހީ ރައްޓެއްސަކު ބުނެގެން ކަމަށް އެ ސައިކަލު ވިއްކާލަން ޖެހި މަލާޒް ބުނެފިއެވެ.
ގެއްލިގެން ފުލުހުން ހޯދަމުން ދިޔައީ ގަދަ ރަތްކުލައިގެ ޔަމަހާ ނޮއުވޯ ސައިކަލެކެވެ. އެ ސައިކަލު ގެއްލިފައިވަނީ ނިކަގަސްމަގު/ ބާޖަމާލުއްދީން ކައިރީގައި ހުއްޓާ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
މަލާޒް ބުނީ އެ ސައިކަލު މިހާރު ވާނީ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށާއި، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުނު ނަމަ އެ ސައިކަލު ވިއްކާލުމަށް ނުޖެހީސް ކަމަށެވެ.
އަދި ސައިކަލު ވިއްކާލަން ޖެހީ ވަރަށް ގާތް ރައްޓެއްސަކު ބުނެގެން ކަމަށާއި، އެކަން ކުރީ އޭނާއަށް ސައިކަލު ވިއްކާލައިގެން ލިބޭ ފައިސާއިން ކަޓެއް ދޭން ބުނުމުން ކަމަށްވެސް މަލާޒް ބުންޏެވެ. މަލާޒް ބުނީ އޭނާ ލައްވާ އެކަން ކުރި މީހާ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހޯދާ ފުލުހުންނާއި ހަވާލުކުރާނެ ކަމަށެވެ.