ހއ. އަތޮޅުގައި މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ދިނުމަށްޓަކައި އެ އަތޮޅުގެ ވެރިރަށް ދިއްދޫގައި މިއަދު އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފިއެވެ.

ދިއްދޫ އިމިގްރޭޝަން އޮފީސް ހުޅުއްވައިދެއްވީ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދެވެ.

އެ އޮފީހުން މިހާރު ޕާސްޕޯޓަށް ހުށަހެޅުމުގެ ހިދުމަތާއި، ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ލިބެން ހުންނާނެއެވެ. ދިއްދޫ އިމިގްރޭޝަން އޮފީހުން ހެދި ފުރަތަމަ ޕާސްޕޯޓް މިއަދުގެ ރަސްމިއްޔާތުގައި އެ ޕާސްޕޯޓް ލިބޭ ފަރާތާ ވަނީ ހަވާލުކޮށްފައެވެ. ޕާސްޕޯޓް ހަވާލުކޮށްދެއްވީ ހަނަފީއެވެ.

އިމިގްރޭޝަނުން ދޭ ހިދުމަތްތަކުގެ ތެރެއިން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ކުރިއަށް ވުރެ ފަސޭހަ ކުރުމަށްޓަކައި އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *