ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް، އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އައްޔަނުކުރައްވައިފިއެވެ.

ސަލީމް އެ މަގާމަށް އިންތިހާބުކޮށްފައިވަނީ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގައި ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގެންނަވާ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ.

ނިމިދިޔަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމުގެ މަގާމު ފުރުއްވީ އަހުމަދު ނިހާން ހުސެން މަނިކެވެ. އެބޭފުޅާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް ހޮވިވަޑައިގަންފައެއް ނުވެއެވެ. ނިޙާން ވަނީ މަޖިލީހުން ދިމާވި ނާކާމިޔާބީއަށް ފަހު ޕީޕީއެމް ދޫކޮށް، ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.