މަތީ ތައުލީމަށް އެދި ހުށަހަޅާ ލޯނުގައި، ދަރިވަރުން ބޭނުންވާ ކޮންމެ ގައުމެއްގައިވެސް ކިޔެވުމަށް އެދި ހުށަހެޅޭނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، މަތީ ތައުލީމަށް ކިޔަވަން ދިއުމަށް އެދި ލޯން ހުށަހެޅުމުގެ ފުރުސަތު އަނެއްކާ އަލުން ހުޅުވާލާފައިވަނީ ދަރިވަރުން ބޭނުން ކޮންމެ ގައުމަކުންވެސް ކިޔެވުމަށް އެދޭވޭނެ ގޮތަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އާ އުސޫލުގެ ދަށުން ބޭނުން ގައުމަކަށް ކިޔަވަން ދެވުނަސް، ސަރުކާރުން ދޭ ލޯނަށް ވުރެ އިތުރަށް ހިނގާ ހަރަދު ކުރަން ޖެހޭނީ ދަރިވަރުން އަމިއްލައަށް ކަމަށެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް އެދުމަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ލޯނު ހަމަނުޖެހޭ ފަރަތްތަކަށް، އެކަން ހަމަނުޖެހުނު ސަބަބުތަކުގެ ތަފްސީލް އެމިނިސްޓްރީއިން މިހާރު ހާމަކުރައްވަމުން ދާކަމަށެވެ.  ބާކީ އޮތް 163 ޖާގައަށް އަލުން މިއަދު ހުޅުވާލަން ވަނީ މިނިސްޓްރީން ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *