މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ފުރަތަމަ ފަހަަރަށް މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެން، ތާރީޚްގައި އެކަމަނާގެ ނަން ލިޔުއްވާފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ކާމިޔާބު ކުރެއްވީ، މަޖިލިހުގެ 76 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އީވާ ވަނީ ބައިގަޑިއިރެއް ހާއިރު ވަންދެން މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ. އެއަށް ފަހު، އީވާ ވަނީ މަޖިލިހުގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހަވާލު ކުރައްވައިފައެވެ.
މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެދެދަރި ކޮއްކޯފުޅު އީވާ އަކީ އެ މަގާމް ފުރުއްވާނެ ދެ ވަނަ އަންހެން މެމްބަރެވެ.