މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ޙާއްސަ އޮޕަރޭޝަނެއްގައި 32 ބްލެޓްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި ޙާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެއްކަމަށާއި، އޭނާ ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށެވެ.

އެގޮތުން ހުޅުމާލޭގައި އެމީހާ ދިރިއުޅެމުން އަންނަ ފްލެޓް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 32 ބުލެޓް ފެނިފައިވާ ކަަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބައްދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *