ގެއްލިގެން ހޯދަމުން ދިޔަ ސައިކަލެއް ފޭސްބުކް ޕޭޖެއްގައި ވިއްކުމަށް ޖަހާފައި އޮއްވާ ފެނިއްްޖެއެވެ.

ބާޖަމާލުއްދީން ކައިރިން ރޭ ދަންވަރު 1:46 ހާއިރު ގެއްލިފައިވާ އެ ސައިކަލު ހޯދުމަށް ފުލުހުންވެސް ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

ފުލުހުން ބުނެފައިވަނީ ގަދަ ރަތްކުލައިގެ ޔަމަހާ ނޮއުވޯ ސައިކަލެއް ނިކަގަސްމަގު/ ބާޖަމާލުއްދީން ކުރިމަތީގައި ހުއްޓާ ރޭގެ ވަގުތެއްގައި ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، އެހެންކަމުން އެ ސައިކަލާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ނަންބަރު 3332111 ނުވަތަ 3322112 ނަންބަރު ފޯނާއި ގުޅައިގެން މައުލޫމާތު ހިއްސާކުރުން އެދޭ ކަމަށެވެ.

ފުލުހުން އެ ސައިކަލު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު ދެން ފެނިގެންދިޔައީ ފޭސްބުކްގެ  ގަނެވިއްކާ ޕޭޖެއްގައި 15،000 ރުފިޔާއަށް އެ ސައިކަލު ވިއްކާލުމަށް ޖަހާފައި އޮއްވައެވެ. އެ ސައިކަލު ވިއްކާލަން ޖަހާފައިވާ މީހާ އެ ސައިކަލުގެ ފޮޓޯތަކާއި އެކު ބުނެފައިވަނީ  ޓެސްޓް ރައިޑަކަށް 9756272 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށާއި ސައިކަލުގެ ކަންޑިޝަން ރަނގަޅުވާނެ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔަ ސައިކަލު ވިއްކަން ޖަހާފައި ވުމުން ފުލުހުންގެ އިންޓެލް އިންވެސްޓިގޭޝަން ޑިޕާޓުމެންޓުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *